##siteName## ޚަބަރު  

ރަމަޟާން މަސް އިޙްޔާ ކުރުމުގެ ފޯރަމްގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ތަޤްރީރު ކުރައްވައިފިއެވެ.

Sunday, August 15, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ސިލްސިލާކޮށް ގެންދާ ޕްރޮގްރާމްރާމް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ފޯރަމްގައި، 2 ރަމަޟާން 1431 ވީ ހުކުރު ވިލޭރޭ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ތަޤްރީރު ކުރައްވައިފިއެވެ.  އިސްލާމީ މަރުކަޒުގައި ބޭއްވި މިފޯރަމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ، އަޅުކަމުގެ ޙަޤީޤީ މާނައަކީ ކޮބައިކަމާއި، އަޅުކަމާއި ރޯދަމަހާއި ހުރި ގުޅުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަޅުކަމަކީ ހަހަމައެނި ދީނުގައި އަދާކުރަންޖެހޭ ފަރުޟުކަންތައް އެކަނި ނޫންކަމަށާއި، އިސްލާމް ދީނުގައި ބަޔާންވެގެންވާ ހަމަތަކާއި އުޞޫލުތަކުގެ މަތިން ކުރެވޭ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތުގައި ކޮށްފިނަމަ،  ވެގެންދާނީ އަޅުކަމަކަށް ކަމަށެވެ.

 

ތަޤްރީރު ކުރެއްވުމަށްފަހު ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުންވެސް އޮތެވެ. ސުވާލުތަކަށް ޖަވާބު ދެއްވި ޕެނަލްގައި ހިމެނިވަޑައިގަތީ މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު އިތުރުން ސްޓޭޓް މިނިސްޓަރު ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދާއި މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓް އައްޝައިޚް ޢަލީޒާހިރު ޢަބްދުލްމައްނާނުއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 8 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel