##siteName##



 ފިޤުހު  

ކަށުނަމާދު ކުރާނޭގޮތް

Saturday, August 14, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

f

 

ކަށުނަމާދު ކުރާނޭގޮތް

 

1 - މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމަށް ނިޔަތްގަނެ ސަފުގައި ހުއްޓި ހުންނާނީއެވެ. { ކޮންމެ އަޅުކަމަކަށްވެސް ނިޔަތް ގަންނަނީ ހިތުންނެވެ. އެހެން ކަމުން ކަށުނަމާދަކަށްވެސް ދުލުންކިޔާ ނިޔަތެއް ނޯވެއެވެ}.

2 - އިމާމުމީހާ ތަކްބީރުކިޔައި ޙަރާމްބަނުމުން މައުމޫމާވެސް الله أكبر ކިޔައި، ދެއަތް ދެކޮޑާ ހަމައަށް އުފުލައި ޙަރަމް ބަންނާނީއެވެ.

3 - އެއަށްފަހު سورة الفاتحة ނުވަތަ الحمد ކިޔަވާނީއެވެ.

4 - އިމާމާ ދެވަނަ ފަހަރަށް ތަކްބީރުކިޔައި ޙަރަމްބަނުމުން، މައުމޫމާވެސް ތަކްބީރުކިޔައި ޙަރަމްބަންނާނީއެވެ. އެއަށްފަހު ރަސޫލު ﷲ ގެފާނުމަށްޗަށް  صلواة  ކިޔަވާނީއެވެ. މި صلواة އަށް إبرهيمي صلواة އޭވެސް ކިޔައެވެ.{إبرهيمي صلواة : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ . اللَّهُمَّ بَارِكْ علَىَ مُحَمَّدٍ وَعَلَى آلِ مُحّمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ"} .

5 - ތިންވަނަ ތަކްބީރަށްފަހު، މައްޔިތާއަށް ރަޙްމަތް ލެއްވުންއެދި ހެޔޮ ދުޢާ ކުރާނީއެވެ. ދުޢާކުރުމުގައި އިޚްލާޞްތެރިކަމާއެކު، މައްޔިތާގެ ފާފަ ފުއްސެވުމަށާއި، ކަށްވަޅުގެ ޢަޛާބާއި ފިތުނައިން ސަލާމަތް ކޮށްދެއްވުމަށާއި، ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވުން އެދި ދުޢާ ކުރަން ވާނެއެވެ. މި މަޤާމުގައި ކުރުމަށް ޙަދީޘުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ބައެއް ދުޢާ މިވަނީއެވެ.

- اللهمَّ اغْـفِـرْ لِحَيِّـنَـا وَمَيِّـتِـنَـا وَصَغِـيْـرِنَا وَكَبِـيْـرِنَا وَذَكَرِنَا وِأُنْثَـانَا وَشَاهِدِنَا وَغَائِبِنَا، اللّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ علَى الإِيْمَانِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَّفَهُ علَى الإِسْلامِ، اللّهم لا تُحْرِمْنَا أَجْرَهُ ولا تُضِلَّنَا بَعْدَهُ" .

- اللهمَ اغْفِرْ لَهُ وَارْحَمْهُ وَأُعْفُ عَنْهُ وَعَاِفهِ وَأَكْرِمْ نُزُلَهُ وَوَسِّع مُدْخَلَهُ وَأَغْسِلْهُ بِمَاءٍ وَثَلْجٍ وَبَرَدٍ وَنَقِّهِ مِنَ الْخَطَايَا كَمَا يْنَقَّى الثَّوْبُ الأّبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَاِرهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَقِهِ فِتْنَةَ الْقَبْرِ وَعَذَابَ النَّارِ " .

- މައްޔިތާއަކީ ކުޑަ ކުއްޖެއްނަމަ ކިޔާނީ :

- "اللّهمَ اجْعَلْـهُ لَنَا فَـرَطًا وَسَلَفًا وَأَجْرًا" މިފަދައިންނެވެ.

6 - އިމާމާ ހަތަރުވަނަ ތަކްބީރު ކިޔައި ސަލާމް ދިނުމުން މައުމޫމާވެސް ތަކްބީރު ކިޔައި السلام عليكم ورحمة الله ކިޔައި ސަލާމް ދޭނީއެވެ.       




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 9 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel