##siteName##



 ޚަބަރު  

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޑރ ޢަބްދުލްމަޖީދު ޢައްޔަން ކުރައްވައިފި

Wednesday, July 07, 2010
 : 


 

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސަރުކާރު ހިންގުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ކަމުގެ ޝަކުވާއާއެކު، މިދިޔަމަހުގެ 29 ވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވުމަށްފަހު، މިއަދު އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓްގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ކަމުގެ މަޤާމަށް، ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޢައްޔަން ކުރައްވައިފިއެވެ.

މިއަދު ހަވީރު 4:30 ގައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑރ ޢަބްދުލްމަޖީދު ވަޒީރު ކަމުގެ ހުވާ ކުރައްވައި ވަޒީރުކަމުގެ ފަތްކޮޅާ ޙަވާލުވެވަޑައިގެންނެވިއެވެ.

އިސްތިއުފާ ދެއްވި ހުރިހާ ވަޒީރުންވެސް މިއަދުވަނީ ވަޒީރުކަމުގެ މަޤާމަށް އެނބުރި ގެންނަވާފައެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 22 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel