##siteName##



 ޚަބަރު  

ޤައުމެއްގައި ކޮރަޕްޝަންގެ މައްސަލަތަކެއްހުރިނަމަ އެއީ އެޤައުމެއްގެ ހަލާކު ޑރ. އަބުދުލްމަޖީދު

Friday, July 02, 2010
ޚަބަރު : މިއަދު ނޫސް


ދިވެހިރާއްޖޭގައި މިހާރަކަށް އައިސް ވަރަށްގިނަ މައްސަލަތަކެއް ހުރިކަމަށާއި، ޤައުމުގައި ބޮޑެތި ކުއްތައް އެބަހުރިކަމަށާއި، ރިޝްވަތުގެ މައްސަލަތައް ހުރިކަމުގެ ވާހަކަ ވަރައްޤިނަ ފަރާތްތަކަކުން ދައްކަވަމުން ގެންދަވާ ކަމަށާއި، އެގޮތުގެ މަތިން ޤައުމެއްގައި މިފަދަމައްސަލަތަކެއް ނުވަތަ ރިޝްވަތުގެ ކަންތައްތަކެއް ހިގާނަމަ އެއީ އެފަދަ ޤައުމެއްގެ ހަލާކުކަމުގައި ޑރ. އަބުދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.

މާތްވެގެންވާ އިސްލާމްދީނާއި މާތް ﷲ ފޮނުއްވެވި ހުރިހައި ރަސޫލުބޭކަލުންނާއި އެކަލާންގެ ބާއްވައިލެއްވި ހުރިހައި ފޮތްތަކެއްވެސް ބާއްވައިލައްވާފައިވަނީ، ޢަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކަމަށާއި،  ވުމާއިއެކު ޤައުމެއްގެ އަދުލުއިންސާފު ނެތިގެންހިގަތްޖެ ކަމުގައި ވަނީނަމަ އެފަދަ ޤައުމެއް އެއީ ފާލުން ނެއްޓުނީކަމުގައި ޑރ. އަބުދުލްމަޖީދު އަބްދުލްބާރީ  ވިދާޅުވިއެވެ.

ޑރ. އަބުދުލް މަޖީދު އަބްދުލް ބާރީ  ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ރައްޔިތުން މަޖިލީސް އާއި އަދުލު އިންސާފު ޤާއިމުކުރާ ފަރާތްތަކުން މިގައުމުގެ ފާލުއެޅުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.

ޤައުމުގެ މަޝީލު ކަޑައަޅާބަޔަކީ ޤާނޫނުހަދާ މަޖިލީސް ކަމަށް ވިދާލުވަމުން އެބޭފުޅުން ހައްދަވާ ޤާނޫނުތައްކަކީ އަންނަންއޮތް ޖީލުތަކުގެ މީހުން އަމަލުކުރެވޭނެ ޤަނޫނުތަކަކަށް ވީހިދު، ތިމާމެންގެ އަމިއްސަ މަސްލަހަތައްވުރެ ބޮޑަށް ޤައުމުގެ މަސްލަހަތަށް އިސްކަންދެއްވައިގެން ޤާނޫނުތަށް ހެދުމަށް ވިދާޅުވިއެވެ.

އަޅުޤަޑުމެންގެ ޤާނޫނު އަސާސީގައި ތިން ބާރު ވަކިކުރެވިފައި ވާކަމަށް ވަރައް ސަރީހަ އިބާރާތުން ވިދާޅުވެފައި އޮތްކަމަށާއި، ނަމަވެސް އެއްބާރު އަނެއްބާރުގެ ކަންކަމުގެ ތެރެއަށްވަދެ ނުވަތަ އެއްބާރެއްގެ ކަންތައްތައް އަނެއްބާރަކުން ލިބިގަތުމަށް  މަސަތްކަތްކުރަމުން  ގެންދާމަންޒަރު  ފެނިވަޑައިގަންނަވާ  ކަމަށާއި،  އެފަދަކަމެއް ޤައުމުގައި  ހިގަނީނަމަ އެޤައުމުގެ  އަދުލުއިންސާފު އެހިސާބުން ފެށިގެން  ގެއްލިގެން  ގޮސްފައިވާކަމަށް  ޑރ. ޢަބްދުލްމަޖީދު ވިދާޅުވިއެވެ.

އަދި  ދިވެހިރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންކަން ސަރުކާރުން ފޯރުކޮއްދިނުމަށްޓަކައި ރައްޔިތުން މަޖިލީހުން ޤާނޫން ތަކެއް ކަޑައަޅުއްވާފައިވާކަމަށާއި، ނަމަވެސް މިފަދަ ޤާނޫނުތައްވެސް އެއްކިބާ ކުރެވިފައިވާކަމަށް ޑރ. ޢަބްދުލްމަޖީދު ވިދާޅުވިއެވެ.

ސަތާރަ އަހަރުދުވަގެ ދިގުމުއްދަތަކަށްފަހު އެތައްފައިސާއެއްހޭދަކޮށް  އެކުލަވާލި  ޤާނޫނު  އަސާސީއަށް އަމަލުކުރަން ފެށިތާ 5 އަހަރު ނުވަނީސް އެޤާނޫން އަސާސީ ކަމުނުގޮސްގެން ދެވަނަފަހަރަށް ވެސް ގިނަދުވަސްތަކަކާއި ބައިތުލްމާލުން ގިނަފައިސާތަކެއް ހޭދަކޮއްގެން ނިމިފައިވާ ޤާނޫނޫ އަސާސީއަށް އަމަލުކުރަންފެށިތާ 2 އަހަރު ދުވަސް ނުވަނީސް އޭގައިވެސް އުނިކަންތައްތަކެއް ހުރިކަމަށް ބުނެ އެޤާނޫން އަސާސީ އިސްލާހު ކުރައްވަމުން ގެންދަވާއިރު  ޤައުމުގެ މަސްލަޙަތު އިސްކުރައްވައިގެން މަސައްކަތްތަށް ކުރެއްވުމަށް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އިލްތިމާސް ކުރެއްވިއެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 25 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel