##siteName##



 ޚަބަރު  

ދިވެހިރައްޔިތުން މުޙައްމަދު ނާޒިމަށް މާފު ކޮށްދެއްވުމަށް ޑރ ޢަބްދުލްމަޖީދު އެދިވަޑައިގެންފި

Tuesday, June 01, 2010
 : 


 ހުކުރުދުވަހުގެރޭ މާފަންނު ސްޓޭޑިއަމުގައި އޮތް ޑރ. ޒާކިރު ނައިކުގެ ތަޤްރީރަށްފަހު ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި މުސްލިމެއްނޫން ކަމަށްބުނެ އިޢުލާންކުރި މުޙައްމަދު ނާޒިމް ތައުބާވެ އަލުން ޝަހާދަތްކިޔައި އިސްލާމްދީނަށް ރުޖޫޢަވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މީޑިއާ ކުރިމަތީގައި ތައުބާވެ އިސްލާމްދީނަށް ރުޖޫޢަވުމަށްފަހު އޭނާ ބުނެފައިވަނީ އޭނާއަށް ކުރެވިފައިވަނީ ކުށެއްކަމަށާއި، އެކުށަށް ދިވެހި އެންމެހައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. އަދި އޭނާގެ ހިތުގައި އުފެދިފައިވާ ކުށް ހީތައް މިހާރު އޮޅުން ފިލާފައިވާ ކަމަށެވެ. މިހާރު އޭނާ އަކީ މުސްލިމެއްކަމަށެވެ.    

މިހެން މިކަން ހިނގާފައިވާތީ، އެންމެހައި ދިވެހި ރައްޔިތުންގެ ކިބައިން މުޙައްމަދު ނާޒިމަށް މަޢާފު ކޮށްދެއްވުމަށާއި، އޭނާއަށް މި މުޖްތަމަޢުގައި ހަމަޖެހިގެން އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ އިލްތިމާސްކުރައްވައެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 29 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel