##siteName## ޚަބަރު  

ޑރ. ޒާކިރު ނައިކު ރާއްޖެވަޑައިގެންފި

Tuesday, May 25, 2010
 : 


 

ޑރ. ޒާކިރު ޢަބްދުލްކަރީމް ނައިކު އިއްޔެ ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިއަހުގައި އަނބިކަނބަލުންނާއި ތިން ދަރިންވެސް ގެންނެވިއެވެ.

އިއްޔެ މެންދުރު އެއަރލަންކާ ފްލައިޓުން ޑރ. ޒާކިރު ނައިކު ރާއްޖެވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެންމެ އިސްވެރިންނާއި އިސްމުވައްޒިފުންނެވެ.

އެއަރޕޯރޓް ވީއައިޕީގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ޒާކިރު ނައިކު ވިދާޅުވީ ތަޤްރީރުކުރެއްވުމަށް 10،000 މީހުންނަށް އިށީނދެ ތިބެވޭވަރުގެ ސަރަހައްދެއް ހުށަހެޅުއްވީ ތަޤްރީރުތައް އަޑުއެހުމަށް އަބަދުވެސް ގިނަބަޔަކު އަންނާތީ އެންމެންނަށް އެކަށީގެންވާ އަދަދެއްގެ މީހުންނަށް ފަސޭހަކަމާއިއެކި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ތަޤްރީރު އަޑުއަހަންދާމީހުންނަށް ލުއިފަސޭހަކަން ލިބޭނެކަމަކަށްވާތީކަމަށެވެ.

މިމަހު 23 ގައި ސްރީލަންކާގައި ތަޤްރީރުކުރެއްވެވިއިރު، ކުރިން އަންނާނެކަމަށް ބެލެވިފައިވަނީ 35000 މީހުންނަމަވެސް ނިމިގެންދިއައިރު ބައިލައްކައަސްވުރެ ގިނަ މީހުން ތަޤްރީރު އަޑުއެހުމަށް ހާޒިރުވިކަމަށް ވިދާޅުވިއެވެ.

ބޭސްފަރުވާ ކުރައްވާ ޑޮކްޓަރެއްގެގޮތުގައި ކުރިން މަސައްކަތްކުރެއްވުމަށްފަހު މިހާރު ދީން ފަތުރުއްވައި ދީނަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ފެށްޓެވި ސަބަބާއިމެދު މިއަދުނޫހުން ސުވާލު ދެންނެވުމުން ވިދާޅުވީ އިންސާނުން އަބަދުވެސް ކޮށްއުޅެނީ އެކަމެއް ކުރުމުން ތިމާއަށް އެންމެ ބޮޑު ފައިދާ ލިބޭނެކަމަށް އެމީހަކަށް ޤަބޫލުކުރެވޭ މަސައްކަތް ކަމަށެވެ. ކުރިން މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އެމަސައްކަތަކީ ރަނގަޅު މަސައްކަތަކަށްވާތީކަމަށެވެ. އެމަސައްކަތަކީ މިހާރުވެސް ރަނގަޅު މަސައްކަތެއް. ނަމަވެސް މިހާރު މިކުރަނީ އެމަސައްކަތަށްވުރެ މާފައިދާހުރި މަސައްކަތެއް. މިހާރު މިކުރާ މަސައްކަތަކީ މާތްﷲގެ މަގަށް ގޮވާލުމުގެ މަސައްކަތް. ކަމަށާއި އެމަސައްކަތަކީ އެންމެ ފައިދާ ބޮޑު މަސައްކަތްކަމަށް ވިދާޅުވިއެވެ.

ޑރ. ޒާކިރު ނައިކުގެ ޕްރޮގްރާމް ހަމަޖެހިފައިވާގޮތުން ޑރ. ޒާކިރު ނައިކު ތަޤްރީރު ކުރައްވަވާނީ މިމަހު 27 އަދި 28 ވަނަދުވަހުގެރޭ އެވެ. މިރޭ އިސްލާމީ މަރުކަޒުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޒާކިރު ނައިކުގެ އަނބިކަނބަލުންނެވެ. މިރޭ އިސްލާމީ މަރުކަޒުގައި ރޭގަނޑު 9:00ގައި ފެށުމަށް ހަމަޖެހިފައިވާ މިތަޤްރީރު ޚާއްޞަކުރެވިފައިވަނީ އަންހެން ބޭފުޅުންނަށެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 19 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel