##siteName##

ހުކުރު ޚުޠުބާ
21 މޭއި 2010 ވީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ދެއްވި ޚުޠުބާ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 16 ފަހަރު]

ދިވެހި ބަހާއި އިސްލާމް މާއްދާ މަތި ޘާނަވީގައި މަޖްބޫރު މާއްދާއެއްގެ ގޮތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ގޮވާލެއްވީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ޚުޠުބާ ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަތީ ޘާނަވީގައި އެޤައުމުގެ ޢަޤީދާއާއި ޘަޤާފަތް މަޖްބޫރު މާއްދާއެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއްކަމަށާއި މިދެ މާއްދާ އިޚްތިޔާރީ ދެމާއްދާއެއްގެ ގޮތުގައި ބަދަލުކުރެވިއްޖެ ނަމަ މިކަމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރިކަމެއްކަމުގައި ވެދާނެކަމުގައެވެ.[އިތުރަށް ވިދާޅުވޭ!]

ވީޑިއޯ
މުންކަރާތްތައް ނަހީކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 20 ފަހަރު]

ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ މިއުއްމަތުގެ ޝަރަފެވެ. މިއުއްމަތް އެންމެ މާތް އުއްމަތް ކަމުގައިވީ ސަބަބެވެ. ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރާ މީހުންނަކީ އެއީ ކާމިޔާބު ލިބިގެންވާ މީހުންނެވެ. މުންކަރާތެއް ފެނިއްޖެ މީހާ އެކަން މަނާކުރުމުގައި ތިން ދަރަޖައެއް ވެއެވެ. އެއީ ކުޅަދާނަކަން ލިބިގެންވާނަމަ އަތުން މަނާކުރުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ދުލުން މަނާކުރުމެވެ. އެކަމަށްވެސް ކުޅަދާނަވެގެން ނުވާނަމަ ހިތުން އެކަމަށް ނުރުހުންތެރިވެ އުޅުމެވެ. މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.[އިތުރަށް ވިދާޅުވޭ!]

 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel