##siteName##

ހުކުރު ޚުޠުބާ
އިންސާނުން ލައްވާފައިވަނީ ދީނަކަށް ބޭނުންވާ ގޮތަށް!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 24 ފަހަރު]

ކޮންމެވެސް ދީނަކަށް ތަބާވުމަކީ، ކޮންމެ އިންސާނެއްގެވެސް ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. ތަފާތު އިލާހުންތަކަށް އަޅުކަން ކުރުމާއި، ތަފާތު ދީންތަކަށް އިންސާނުން ތަބާވާކަމީ އެންމެންވެސް ދަންނަ ކަމެކެވެ. ބައެއް މީހުން ދުނިޔޭގެ ޒީނަތްތެރިކަމާއި، މުދަލާއި ފައިސާއަށް އަޅުކަން ކުރާއިރު، އަނެއްބަޔަކު އަޅުކަން ކުރަނީ ހަވާ ނަފްސަށެވެ.[އިތުރަށް ވިދާޅުވޭ!]

ހުކުރު ޚުޠުބާ
މަސްތުވާތަކެތީގެ ނުރައްކާ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 27 ފަހަރު]

ޝައްކެއްނެތްގޮތުގައި މަސްތުވާ ތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮވިސްނުމުން އެއްކިބާ ކޮށްލާ އެއްޗެއްކަން ކަށަވަރެވެ. މަސްތުވާ ތަކެތި ބޭނުން ކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިޒަމާނުގެ ދިރާސާތަކުން ސާބިތުވެއެވެ. މިފަދަ ދިރާސާތަކުން ދައްކާގޮތުގައި ހެރޮއިން އާއި ކޮކޭން ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ސިކުނޑިން ރަނގަޅުނޫން މެސެޖްތަކެއް ދޭން ފަށައެވެ.[އިތުރަށް ވިދާޅުވޭ!]

ހުކުރު ޚުޠުބާ
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 24 ފަހަރު]

މިއީ ފިޠްރިތުގެ ޤާނޫނު ކަމުގައިވިއަސް ތިމާ ހިތްއެދޭހާ ކަމެއްގައި ހަވާ ނަފްސަށް ހެއްލިގެން އެފަރާތަށް ލަގަން ދޫކޮށްލުމީ ތިމާގެ ހަވާ ނަފްސަށް އަޅުވެތިވުމެވެ. ބޮޑެތިފާފަތަކަށް ފާޅުގައި އަރައިގަންނަމީހުންނާއި ސިއްރުގައިވިއަސް ފާފައެއް ކޮށްފައި ، الله سبحانه وتعالى އެކަން ސިއްރު ކުރައްވާފައި ވަނިކޮށް ތިމާ އަމިއްލައަށް އެހެން މީހުންގާތުގާ އެވާހަކަ ދައްކާމީހާއަކީ ފާފަކުރުމުގައި ހައްދުފަހަނައަޅާފައިވާ މީހެކެވެ. . އެފަދަމީހާއަކީ އެމީހެއްގެ ކިބައިން ލަދުވެތިކަން ނިގުޅައިގަނެވިފައިވާ މީހެކެވެ. އަދި ﷲ ގެ ކޯފާއަށް ހުށެހެޅިފައިވާ މީހެކެވެ.[އިތުރަށް ވިދާޅުވޭ!]

 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel