##siteName##

ހިދާޔަތުގެ އަލި
ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް ކުރުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 17 ފަހަރު]

ކީރިތިވަންތަ ﷲ އިންސާނާ މާތްކުރައްވައި، ބިމުގައި ޚަލީފާވެރިކުރައްވާފައިވަނީ އެކަލާނގެ އެދިވޮޑިގަންނަވާގޮތުގެ މަތިން މިދުނިޔެ އާރާސްތު ކުރުމަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމަށްޓަކައި، އިސްލާމް ދީނުގައި ވަނީ ޢާއިލީ ގުޅުމާއި އިޖްތިމާޢީ ގުޅުން ދެމިއޮންނާނޭފަދަ ގޮތަކަށް އިންތިޡާމް ކުރައްވާފައެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
އާޚިރަތް ދުވަހަށް އީމާންވުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 14 ފަހަރު]

މުސްލިމުންގެ ޢަޤީދާއަކީ، އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމުގައި ޤަބޫލު ކުރުމެވެ. ދުނިޔެވީ ޙަޔާތުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރުން ކަމުގައި ދެކިގެން މަސައްކަތްކުރުމީ، ތިމާ މިދުނިޔެއަށް އައި މަޤްޞަދު އޮޅުވާލުމެވެ. ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލު ކުރަންޖެހެއެވެ. އެދުވަހަކީ އާޚިރަތް ދުވަހެއެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެއުޅުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 34 ފަހަރު]

އިސްލާމް ދީނަކީ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވާލާ ދީނެވެ. ކީރިތިވަންތަ ﷲ މިދުނިޔެއަށް އިންސާނުން ފޮނުއްވާފައިވަނީ، އެއިލާހު އެންގެވި ގޮތުގެމަތިން، މިބިން އާރާސްތުކުރުމަށެވެ. އެބައިމީހުންގެ ތެރެއިން އެންމެހެޔޮ ޢަމަލުކުރަނީ ކޮންބަޔަކުތޯ ބެއްލެވުމަށެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ފިޠުރު ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 31 ފަހަރު]

ރަމަޟާން މަސް ފާއިތުވެ ގޮސް، މިއަދު މިވަނީ ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވެފައެވެ. މިބަރަކާތްތެރި ޢީދުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފޮނުވަމެވެ. އަޅުގަނޑުމެން އެންމެންގެ އަޅުކަން ޤަބޫލުކުރެއްވުން އެދި ﷲ އަށް ދުޢާކުރާ ޙާލުގައެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
އަޅުކަންކުރުންމަތީ ދެމިތިބުމުގެ މުހިއްމުކަން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 24 ފަހަރު]

ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން އަލްވަދާޢު ކިޔަމުންދާ ހިނދު، ހަނދާނަށް ގެންނަންޖެހޭ މުހިއްމު ކަންތައްތައްތަކެއް ވެއެވެ. އޭގެތެރެއިން އެއްކަމަކީ، އަޅުކަންކުރުމަކީ ވަކި ދުވަސްވަރަކާ ގުޅިފައިވާ ކަމެއްނޫންކަމެވެ. ވަކިން ޚާއްޞަކޮށް ނަމާދުކުރުމީ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަމެއްނޫންކަން އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހެއެވެ. ހަމައެހެންމެ އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ތަރާވީޙު ނަމާދު ކުރުމާއި ފިޠުރު ޒަކާތް ދިނުމެއްވެސް ނުމެނޫންމެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ.
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 26 ފަހަރު]

ޒަކާތަކީ، އިޖިތިމާޢީ ފުދުންތެރިކަން ހޯދައިދިނުމުގެ ގޮތުން، އިސްލާމް ދީނުގައި އެޅިފައިވާ ވަރަށްވެސް ހަރުދަނާ ފިޔަވަޅެކެވެ. ކަމުގެ މުހިއްމުކަން ޒަކާތްދިނުން ލެއްވިގެންވަނީ ދީނުގެ ރުކުނެއްގެ ގޮތުގައެވެ. އެހެންކަމުން، ޒަކާތް ވާޖިބުވާ މިންވަރުގެ ތަނަވަސްކަންހުރި މީހެއްނަމަ، ޒަކާތް ނުދޭހާ ހިނދަކު އޭނާގެ ދީން ފުރިހަމައެއް ނުވެއެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ޕާކިސްތާނުގައި ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އަވަސްވެގަންނަމާ ހިނގާށެވެ!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 13 ފަހަރު]

ޕާކިސްތާނަށް ކުރިމަތިވެފައި މިވާ ޤުދުރަތީ ކާރިޘާގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބައިނަލް އަޤްވާމީ އެހީއަށް އެދި ގޮވާލާފައެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ފަރާތުންވެސް އެޤައުމުގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ކިތަންމެ ކުޑަ އެހީއެއްނަމަވެސް ބަލައިގަންނާނެ ވާހަކައާއި، މިވަގުތު ޤައުމަށް އެންމެބޮޑަށް ބޭނުންވަނީ ފައިސާގެ އެހީކަމުގައިވެސް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަޚްތަރު ޢަލީ ވަނީ ވިދާޅުވެފައެވެ[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ރޯދައާއި ނަމާދު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 7 ފަހަރު]

ރަމަޟާން މަސް ފެށުމާއެކު، މިސްކިތްތަކަށް އަރާމީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމުން ދޭހަކޮށްދެނީ، ނަމާދާމެދު ފަރުވާކުޑަކޮށް އުޅުނުކަމުގައި ވިއަސް، އެއީވެސް ކުރަން ޖެހޭކަމެއްކަން ގިނަބަޔަކަށް ޤަބޫލުކުރެވޭކަމެވެ. އެހެނަސް، ވިސްނާލަން ޖެހޭކަމަކީ، ނަމާދާއި ރޯދާއި ދެމެދުގައި އަދާކުރަންޖެހޭ ވަގުތައް ބަލާއިރު، އެއްވެސް ގުޅުމެއް ނުވާކަމެވެ. ރޯދައަކީ އަހަރުތެރޭގައި އަންނަ ވަކި މަހެއްގައި އަދާކުރެވޭ އަޅުކަމެކެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 7 ފަހަރު]

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މާތްކަމާއި މަތިވެރިކަމުގެ މަހެވެ. ޘަވާބާއި ދަރުމައިގެ މޫސުމެކެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. އެއްހާސް މަސްދުވަހު އަޅުކަން ކުރުމަށްވަރެ އެއްމެ ރެއެއްގައި އަޅުކަންކުރުން ހެޔޮކަން ބޮޑުވެގެންވާ ރެއެއް ހިމެނިގެންވާ މެހެވެ. ކީރިތި ޤުރްއާން ބާވާލެވުނު މަހެވެ.[އިތުރަށް ވިދާޅުވޭ!]

ހިދާޔަތުގެ އަލި
ޝަޢުބާންމަހު ފަނަރަވިލޭރެއަށް ޚާއްޞަ އަޅުކަމެއްނޯވޭ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 4 ފަހަރު]

ޝަޢްބާންމަހުގެ ފަނަރަވަނަ ވިލޭރެއަކީ، ޚާއްޞަ ނަމާދުތަކަކާއި ޚާއްޞަ އަޅުކަންތަކެއް ކުރުން ސުންނަތްވެގެންވާ ރެއެއްކަމުގައި، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ރެއެކެވެ. ގިނަބައެއްގެ ތެރޭގައި މިރޭ މަޝްހޫރުވެފައިވަނީ ހިޔަރަކާތް ވިލޭރޭގެ ނަމުންނެވެ. ހިޔަ ރަކާތަކީ ހިޔަ ރަކްޢަތެވެ.[އިތުރަށް ވިދާޅުވޭ!]

Page Number :   1 2 > 
 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel