##siteName##

ޚަބަރު
ރަމަޟާން މަސް އިޙްޔާ ކުރުމުގެ ފޯރަމްގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ތަޤްރީރު ކުރައްވައިފިއެވެ.
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 8 ފަހަރު]

ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ސިލްސިލާކޮށް ގެންދާ ޕްރޮގްރާމްރާމް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ފޯރަމްގައި، 2 ރަމަޟާން 1431 ވީ ހުކުރު ވިލޭރޭ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ތަޤްރީރު ކުރައްވައިފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި މިފޯރަމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ، އަޅުކަމުގެ ޙަޤީޤީ މާނައަކީ ކޮބައިކަމާއި، އަޅުކަމާއި ރޯދަމަހާއި ހުރި ގުޅުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.[އިތުރަށް ވިދާޅުވޭ!]

ޚަބަރު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޑރ ޢަބްދުލްމަޖީދު ޢައްޔަން ކުރައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 22 ފަހަރު]

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސަރުކާރު ހިންގުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ކަމުގެ ޝަކުވާއާއެކު، މިދިޔަމަހުގެ 29 ވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވުމަށްފަހު، މިއަދު އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓްގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ކަމުގެ މަޤާމަށް، ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޢައްޔަން ކުރައްވައިފިއެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ޤައުމެއްގައި ކޮރަޕްޝަންގެ މައްސަލަތަކެއްހުރިނަމަ އެއީ އެޤައުމެއްގެ ހަލާކު ޑރ. އަބުދުލްމަޖީދު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 25 ފަހަރު]

ދިވެހިރާއްޖޭގައި މިހާރަކަށް އައިސް ވަރަށްގިނަ މައްސަލަތަކެއް ހުރިކަމަށާއި، ޤައުމުގައި ބޮޑެތި ކުއްތައް އެބަހުރިކަމަށާއި، ރިޝްވަތުގެ މައްސަލަތައް ހުރިކަމުގެ ވާހަކަ ވަރައްޤިނަ ފަރާތްތަކަކުން ދައްކަވަމުން ގެންދަވާ ކަމަށާއި، އެގޮތުގެ މަތިން ޤައުމެއްގައި މިފަދަމައްސަލަތަކެއް ނުވަތަ ރިޝްވަތުގެ ކަންތައްތަކެއް ހިގާނަމަ އެއީ އެފަދަ ޤައުމެއްގެ ހަލާކުކަމުގައި ޑރ. އަބުދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ކުއްލި ޚަބަރު: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމުން ޑރ ޢަބްދުލްމަޖީދު އިސްތިއުފާ ދެއްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 10 ފަހަރު]

2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 އިން ފެށިގެން، ދިވެހި ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި، ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އިއްޔެ ހަވީރުގެ ވަގުތެއްގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ރައީސް ނަޝީދަށް އަރުއްވާފައިވަނީ އިއްޔެ (29 ޖޫން 2010 ވީ އަންގާރަ ދުވަހު) ހަވީރުގެ ވަގުތެއްގައެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ޑރ. ބިލާލް ފިލިޕްސް އާއި ޢަބްދުއްރަޙީމް ގްރީން އާ ބައްދަލު ކުރައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 25 ފަހަރު]

ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިސްލާމްދީނަށް ދަޢުވަތުދެއްވުމުގައި ދުނިޔޭގައި މަޝްހޫރު ދެބޭފުޅުން ކަމުގައިވާ، ބިލާލް ފިލިޕާއި، ޢަބްދުއްރަޙީމް ގްރީންއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މިމިނިސްޓްރީގެ އިސްވެރިންނާއި، ޢަދާލަތު ޕާޓީގެ އިސްބޭފުޅުންނާއި، ޖަމްޢިއްޔަތުއްސަލަފުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ދިވެހިރައްޔިތުން މުޙައްމަދު ނާޒިމަށް މާފު ކޮށްދެއްވުމަށް ޑރ ޢަބްދުލްމަޖީދު އެދިވަޑައިގެންފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 29 ފަހަރު]

ހުކުރުދުވަހުގެރޭ މާފަންނު ސްޓޭޑިއަމުގައި އޮތް ޑރ. ޒާކިރު ނައިކުގެ ތަޤްރީރަށްފަހު ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި މުސްލިމެއްނޫން ކަމަށްބުނެ އިޢުލާންކުރި މުޙައްމަދު ނާޒިމް ތައުބާވެ އަލުން ޝަހާދަތްކިޔައި އިސްލާމްދީނަށް ރުޖޫޢަވެއްޖެއެވެ. މިހެން މިކަން ހިނގާފައިވާތީ، އެންމެހައި ދިވެހި ރައްޔިތުންގެ ކިބައިން މުޙައްމަދު ނާޒިމަށް މަޢާފު ކޮށްދެއްވުމަށާއި، އޭނާއަށް މި މުޖްތަމަޢުގައި ހަމަޖެހިގެން އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ އިލްތިމާސްކުރައްވައެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ، ޑޮކްޓަރ ޒާކިރު ނައިކާ ބައްދަލުކުރައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 23 ފަހަރު]

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ، ޑޮކްޓަރ ޒާކިރު ނައިކާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ޑޮކްޓަރ ނައިކަށް ރައްދުކުރެއްވިއެވެ. އަދި ޑޮކްޓަރ ނައިކަކީ، ރާއްޖޭގައި ވަރަށް މަޤުބޫލު ބޭފުޅެއް ކަމަށާއި، އޭނާ މިދެއްވާ ދަރުސްތައް އަޑުއެހުމަށްވަރަށް ގިނަ ބަޔަކު ޝައުޤުވެރިވާ ކަމުގައި ވިދާޅުވިއެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޑޮކްޓަރ ޒާކިރު ނައިކާ ބައްދަލުކުރައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 20 ފަހަރު]

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ރައީސް ޑޮކްޓަރ ޒާކިރު ޢަބްދުލްކަރީމް ނައިކާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑޮކްޑަރ ނައިކަށް މަރުޙަބާ ވިދާޅުވެ، ޑޮކްޓަރ ނައިކު ރާއްޖޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކަކީ ވަރަށް ގިނަ ދިވެހިން އިންތިޒާރު ކުރަމުންގެންދާ ދަރުސްތަކެއް ކަމުގައި ވިދާޅުވިއެވެ. [އިތުރަށް ވިދާޅުވޭ!]

ޚަބަރު
ޑރ. ޒާކިރު ނައިކު ރާއްޖެވަޑައިގެންފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 19 ފަހަރު]

ޑރ. ޒާކިރު ޢަބްދުލްކަރީމް ނައިކު އިއްޔެ ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިއަހުގައި އަނބިކަނބަލުންނާއި ތިން ދަރިންވެސް ގެންނެވިއެވެ. އިއްޔެ މެންދުރު އެއަރލަންކާ ފްލައިޓުން ޑރ. ޒާކިރު ނައިކު ރާއްޖެވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެންމެ އިސްވެރިންނާއި އިސްމުވައްޒިފުންނެވެ. އެއަރޕޯރޓް ވީއައިޕީގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ޒާކިރު ނައިކު ވިދާޅުވީ ތަޤްރީރުކުރެއްވުމަށް 10،000 މީހުންނަށް އިށީނދެ ތިބެވޭވަރުގެ ސަރަހައްދެއް ހުށަހެޅުއްވީ ތަޤްރީރުތައް އަޑުއެހުމަށް އަބަދުވެސް ގިނަބަޔަކު އަންނާތީ އެންމެންނަށް އެކަށީގެންވާ އަދަދެއްގެ މީހުންނަށް ފަސޭހަކަމާއިއެކި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ތަޤްރީރު އަޑުއަހަންދާމީހުންނަށް ލުއިފަސޭހަކަން ލިބޭނެކަމަކަށްވާތީކަމަށެވެ.[އިތުރަށް ވިދާޅުވޭ!]

ޚަބަރު
އިންޑިއާގެ ކެރެލާ ސްޓޭޓުގެ އިސްލާމިކް ކޯލްސެންޓަރުގެ ދައުވަތަކަށް ޑރ. ޢަބްދުލްމަޖީދު އިންޑިއާއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 49 ފަހަރު]

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އިންޑިއާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ އެޤައުމުގެ ކެރެލާ ސްޓޭޓުގެ އިސްލާމިކް ކޯލްސެންޓަރ އިންތިޒާމް ކޮށްގެން ބާއްވާ 15 ވަނަ ޤުރްއާން މުބާރަތުގެ ޝަރަފުވެރި މެހެމާނެއްގެ ޙައިޘިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.[އިތުރަށް ވިދާޅުވޭ!]

Page Number :   1 2 > 
 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel