##siteName##

އެހެނިހެން
ކުދިންގެ ބެލެނިވެރިންނަށް އިލްތިމާސެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 39 ފަހަރު]

އެނގިވަޑައިގަންނަވާނޭ ފަދައިން ދުނިޔެއަށް ފެތުރެމުންދާ ފެޝަންތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވިޔަފާރި އުސޫލުން މައިގަނޑުގޮތެއްގައި މާލީނަފާ ހޯދުމަށްޓަކައި ހިންގާ ބޮޑުވެގެންވާ ސިނާޢަތެކެވެ. އެކަން އެބައިމީހުން ކުރަނީ ނަފްސާނީ އުކުޅުތަކާއި ހެއްލުންތެރި ރޭވުންތަކާއި އިންސާނާގެ އުނި އިހްސާސަތަކަށް ބަލައިގެން ވަރަށް ހަރުދަނާ ޝަޚްސިއްޔަތަކަށް ނޫނީ އެފެޝަންތަކުގެ ދަލުން ނުނެއްޓެވޭ ފަދަގޮތްގޮތަށެވެ. އެނގިވަޑައިގަތުން ބޭނުންތެރި ވާނޭފަދައިން، މިކަންކުރުމުގައި މީހުންގެ ހިތްތައް ލެންބުމަށްޓަކައި ބޭނުންކުރެވޭ ބައެއް އުސޫލުތަކަކީ ބަލާމީހުންގެ ހިތްތަކުގައި ޖިންސީ ޖަޒުބާތު އުފެއްދުމާއި އެއްޖިންސް އަނެއްޖިންސަށް ޝައުޤްވެރިކަން އިތުރުކުރުވުމާއި ހެދުންއަޅާމީހާއަށް ބަލާމީހާގެ ސަމާލުކަން ބޮޑުކުރުމެވެ. ފެޝަން އުފެއްދުމާއި ފެޝަން ވިއްކުމުގައި އަވަސް އަވަހަށް ވިޔަފާރި ރޯލުކުރުމާއި އެއް ފެޝަންއުވާލައި އަނެއްފެޝަން ގެނައުމާއި އުވިގެން ދުވަސް ވެފައިވާ ފެޝަންތައް އިއާދަކުރުން ފަދަ ނަފާބޮޑުކުރުމުގެ ހުރިހާ ސިފަތައް އެމަސައްކަތުގައި އެކުލެވިގެންވެއެވެ.[އިތުރަށް ވިދާޅުވޭ!]

އެހެނިހެން
މަލިކުގެ ރައްޔިތެކާ އެކީ ވަގުތުކޮޅެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 27 ފަހަރު]

ކަލިކަތު 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް ކުރި ދަތުރު މިދަތުރުގައި، 1/5/2010 ވީ ދުވަހު ދެނަމާދު ދޭތެރޭގައި ކަލިކަތު މަލަބާރު ގޭޓް ހޮޓަލުގެ 611 ވަނަ ނަމްބަރު ކޮޓަރީގައި ހުންނަވައިގެން، މަލިކު ބިއްދަށުގޭ ޢަލި މަނިކުފާނު ދެއްވި ބަސްދީގަތުން. [އިތުރަށް ވިދާޅުވޭ!]

އެހެނިހެން
ޒަމްޒަމް، އިލާހީ ޤުދްރަތްތެރިކަމުގެ އަލިގަދަ ހެއްކެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 29 ފަހަރު]

ގާތްގަޑަކަށް ތިންހާސް އަހަރުވެފައިވާ މިވަޅުގެ ފެންގަނޑު ހިނދެން ކީއްކުރަންތޯ، ފެނުގެ މިންވަރަކަށްވެސް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ. ޒަމްޒަމަކީ، އިބްރާހީމްގެ ފާނުގެ ދަރިކަލުން އިސްމާޢީލުގެ ފާނަށްޓަކައި ﷲގެ އަމުރުފުޅަށް އެތަނުން ނެރުއްވި ފެނެކެވެ. ދާދިފަހުން، ސަޢޫދީ ސަރުކާރުން،ޒަމްޒަމްވަޅުގެ އަޑީގައި މަސައްކަތެއް ކުރަންވެގެން، ވަޅުގެ ފެން ހިއްކޭތޯ، ބޮޑެތި މޯޓަރުތަކެއް ބޭނުން ކޮށްގެން ކުރި މަސައްކަތް ވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ފެން ނަގަމުން ދިޔަވަރަކަށް އަޑިން އުތުރިއަރަމުން އައި ފެންގަޑު، ގަދަ ކަނޑެއްގެ ރާޅުބާނިތަކެއް ފަދައެވެ. [އިތުރަށް ވިދާޅުވޭ!]

އެހެނިހެން
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ވަނަވަރު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 192 ފަހަރު]

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ / ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް / ދިވެހިރާއްޖޭގެ ފިޤްހު އެކެޑެމީގެ ރައީސް / ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް / ވަނަވަރު[އިތުރަށް ވިދާޅުވޭ!]

Page Number :  
 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel