##siteName##

ސުވާލާއި ޖަވާބު
ނަމާދުތަކެއް ނުކޮށް ހުރި މީހަކު އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 17 ފަހަރު]

ނަމާދުތަކެއް ނުކޮށް ހުރި މީހަކު އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް؟[އިތުރަށް ވިދާޅުވޭ!]

ސުވާލާއި ޖަވާބު
ދަތް އުފުރުވައި، ދަތް ފިލްކުރުވާ އަދި ސާފުކުރުވާ، އައްސިކުރަންޖަހާ އިންޖެކްޝަނުން ރޯދަގެއްލޭނެތޯއެވެ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 30 ފަހަރު]

ދަތް އުފުރުވިއަސް، ސާފުކުރުވިއަސް ނުވަތަ ބައްދުވައި (ފިލްކުރުވައި) ހެދިއަސް ރޯދަ ނުގެއްލޭނެއެވެ. ހަމަ އައްސިކުރަންޖަހާ އިންޖެކްޝަނަކުންވެސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ފަސްކުރެވެން އޮތްނަމަ ބޮޑަށް ރަނގަޅީ މިފަދަ ކަންތައް ކުރުވުން ރޭގަނޑަށް ފަސްކުރުމެވެ. [އިތުރަށް ވިދާޅުވޭ!]

ސުވާލާއި ޖަވާބު
ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުން ހުއްދަވާނެތޯއެވެ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 24 ފަހަރު]

ރޯދައަށްހުރެ ދަތްއުނގުޅުން ހުއްދައެވެ. ނަމަވެސް ދަތްއުނގުޅާއިރު ކުޅު ދިރުވިދާނޭކަމަށް ފަރުވާ ބަހައްޓަންވާނެއެވެ. އިރު މެދުޖެހުމަށްފަހު ދަތްއުގުޅުން މަކްރޫހަކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވީ ކަމުގައިވިއަސް އެކަމާބެހޭ ދަލީލެއް އައިސްފައި ނެތުމުން މަކްރޫހަކަމެއް ކަމުގައި ނުބެލެވޭނެއެވެ. އެއާ ޚިލާފަށް ޙަދީޘްގައި އައިސްފައިވަނީ ދަތްއުނގުޅުމަކީ އަނގައިގެތެރެ ސާފުތާހިރު ކުރުވާ، އަދި ކަލާނގެ ލޯބިވެ ވޮޑިގެންވާ ކަމެއްކަމުގައެވެ.[އިތުރަށް ވިދާޅުވޭ!]

ސުވާލާއި ޖަވާބު
ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 18 ފަހަރު]

ދަތްއުނގުޅާ ބޭހުން ދަތްއުނގުޅިއަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ރޯދައަށްހުރެ ބޭހުން ދަތްއުގުޅާނަމަ ބޭހާ އެކުވެގެން ކުޅު ނުވަތަ އޭގެ ރަހަ އެތެރެހައްޓަށް ހިގައިދާނޭކަމަށް ފަރުވާ ތެރިވާންވާނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ، ހުއްދަކަމުގައިވިއަސް މޮޅުއިތުރުވެގެންވަނީ ރޯދައަށް ހުންނަދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ބޭހުން ދަތްނުއުގުޅުމެވެ. އެހެނީ ނޭގިހުއްޓާވެސް އެތެރެހައްޓަށް އޭގެއަސަރު ހިނގައިދާނޭތީއެވެ.[އިތުރަށް ވިދާޅުވޭ!]

ސުވާލާއި ޖަވާބު
ރޯދައަށް ހުރެ އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯއެވެ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 24 ފަހަރު]

މަސްގަނޑަށް ޖަހާ އިންޖެކްޝަންވިއަސް ނާރަށް ޖަހާ އިންޖެކްޝަންވިއަސް، އިންޖެކްޝަން ޖެހުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިފަދަ އިންޖެކްޝަނަކީ ކެއުމެއްވެސް ނޫނެވެ. އަދި ބުއިމެއްވެސް ނޫނެވެ. އަދި ކެއުމާއި ބުއިމުގެ ބަދަލުގައި ބޭނުން ކުރެވޭ އެއްޗަކަށްވެސް ނުވެއެވެ. ނަމަވެސް ކެއުން ބުއިމުގެ ބަދަލުގައި ޖަހާ އިންޖެކްޝަން (ގުލްކޯޒު އިންޖެކްޝަން ފަދަ ) ޖެހުމީ ރޯދަގެއްލޭ ކަމެކެވެ.[އިތުރަށް ވިދާޅުވޭ!]

Page Number :  
 
##siteName##

 
 މުހިއްމު ސައިޓްތައް

 

 

 
 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel