ހުކުރު ޚުޠުބާ
ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ދަނޑިވަޅުގައި ބުއްދި އިސްކުރުމުގެ މުހިއްމުކަން [މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 307 ފަހަރު]
އައްޑޫގައި ހުރި ޕޮލިސް އެކަޑަމީއާއި ގިނަ ރަށްރަށުގައިވާ ފުލުހުންގެ މަރުކަޒުތަކާއި ރަށު ކޯޓުތަކާއި ކައުންސިލުތަކުގެ އިދާރާތަކާއި އެތަކެއް އުޅަނދުފަހަރެއް މިވަނީ އަންދާލެވިފައި. މިވަސީލަތްތައް ރާއްޖޭގެ ރައްރަށުގައި ޤާއިމުކުރެވިފައި މިވަނީ ކިހާ ގިނަ މަސައްކަތަކުން ކިހާގިނަ ހޭދަތަކެއް ކުރެވިގެން، ކިހާ ގިނަ ދުވަހަކުންތޯ ތިޔައިން ހަމަކޮންމެ ބޭފުޅަކުވެސް ފިނިހިތަކާއިގެން އިންނަވައި ނިކަން ވިސްނަވާލައްވާ! އެހެނަސް މިއަދު އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން މިތަކެތި ހަލާކުކޮށްލާފައި. އަލުން އަނބުރައި މިވަސީލަތްތައް ޤާއިމުކުރުމަށް ނަގާނެ މުއްދަތާއި އެކަމަށްޓަކައި ރައްޔިތުންގެ މުދަލުން ކުރަންޖެހޭނޭ ހޭދައާއި އުފުލަންޖެހޭނޭ ބުރަ ތިޔައިން ހަމަ ކޮންމެ ބޭފުޅަކުވެސް ހިތްޕުޅަށް ގެންނަވާ![އިތުރަށް ވިދާޅުވޭ!] |